Contenu connexe
Plus de fsjconsulting (20)
އުފައްދާނެ ގޮތުގެ ޕްލޭން
- 2. މީ ކޮން އެއްޗެއް؟
މިއީ މުދާ/ޚިދުމަތް އުފައްދާ ތައްޔާރުކޮށް ވިއްކާނެގޮތުގެ ޕްލޭނެވެ.
މުދާ/ޚިދުމަތް އުފެއްދުމުގެ މަރުހަލާ ތަކާއި ކޮންމެ މަރުހަލާއެއް
ފުރިހަމަކުރުމަށްޓަކައި ބޭނުންވާނެ ތަކެތި )ރޯމެޓީރިއަލް( ފާހަގަކުރަންވާނެއެވެ.
އުފެއްދުމުގެ މަރުހަލާތަކުގައި އެންމެ ސަމާލުކަންދޭންޖެހޭ ކަންތައްތައްވެސް
ފާހަގަކުރަންވާނެއެވެ.
2
- 3. މީ ކޮން އެއްޗެއް؟
މިބައިގައި ހިމަނާނީ ވިއްކާ މުދާ ނުވަތަ ފޯރުކޮއްދޭ ޚިދުމަތުގެ ޙާލަތު
ހުރިގޮތާއި މުދާ ނުވަތަ ޚިދުމަތް ފުރިހަމަކުރުމަށް ރާވާފައިވާ ކަންތައްތަކެވެ.
މީގެ އިތުރުން މުދާ އުފައްދާގޮތް ނުވަތަ ޚިދުމަތް ފޯރުކޮއްދޭގޮތްވެސް މި
ބައިގައި ތަފްޞީލު ކޮއްދޭންވާނެއެވެ.
3
- 4. މީ ކޮން އެއްޗެއް؟
އެގޮތުން ވިޔަފާރިއަށް ބޭނުންވާ ތަނެއްގެ ޚަރަދާ، މުވައްޒަފުންނާއި އެހެނިހެން
މަސައްކަތްތަކަށް ދާނެ ޚަރަދު މިބައިގައި ހިމަނަންވާނެއެވެ. އަދި އެއަށްފަހު
ވިޔަފާރި ހިންގުމުގެ ޚަރަދާއި، ވިއްކާނެ މުދާ ގަތުމަށް ދާނެ ޚަރަދު ނުވަތަ
ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި ގަތުމަށް ދާނެޚަރަދު އަދި
ވިޔަފާރިއަށް ލިބުނު ފައިސާ އާއި ޚަރަދުވި ފައިސާ ބަޔާން ކުރަންވާނެއެވެ.
4
- 5. މީ ކޮން އެއްޗެއް؟
އިންވެސްޓަރުން އިންވެސްޓް ކުރާނީ ރަގަޅަށް ދެނެގަނެވިފައިވާ
ވިޔަފާރިއަކަށެވެ. އެހެންކަމުން ބިޒަނަސް ޕްލޭންގައި ތިމާގެ ވިޔަފާރިން ވިއްކާ
މުދާ/ޚިދުމަތް އުފައްދާގޮތް ނުވަތަ ހޯދާގޮތް ފެށުނީއްސުރެ ނިޔަލަށް
ތަފްޞީލުކޮށް ކިޔާދޭންވާނެއެވެ. ޚިދުމަތެއް ފޯރުކޮއްދޭ ވިޔަފާރިއެއްނަމަ
ޚިދުމަތް ފޯރުކޮއްދޭގޮތް ބަޔާންކޮއްދޭންވާނެއެވެ.
5
- 6. މީ ކޮން އެއްޗެއް؟
އަދި ތިމާގެ ވިޔަފާރިއަށް ބޭނުންވާ ތަކެއްޗަކީ ގަންނަ އެއްޗެހިތޯ ނުވަތި
އުފައްދާ އެއްޗެހިތޯ އާއި މުދާ އުފެއްދުމަށްޓަކައި ޚިޔާރުކުރާތަނަކީ އެތަނެއް
ހުއްނަ ސަރަޙައްދުގެ ގޮތުންނާއި )ސަޕްލަޔަރުންނާއި، މަސައްކަތުމީހުންއުޅޭ
ހިސާބާ ކައިރި( އަގުގެގޮތުން ރަގަޅު ތަނެއްތޯވެސް ބަލަންވާނެއެވެ. އެގޮތުން
މުދާ/ޚިދުމަތް އުފެއްދުމުގެ ޚަރަދުގައި މި ޚަރަދު ހިމަނަންވާނެއެވެ.
6
- 7. މިކަން މުހިންމުވަނީ ކީއްވެ؟
ވިޔަފާރި ހިންގުމުގެ ޕްލޭން ތައްޔާރުކުރުމުގައި އުފެއްދުމުގެ ހުރިހައި މަރުހަލާ
ތަކަކަށް ވިސްނާ، އުފެއްދުމުގެ މަރުހަލާތަކުގައި ބޭނުންވާނެ ކަންތައްތަކާއި
ހިނގާނެ ޚަރަދުތައް ފާހަގަކުރެވެއެވެ.
އެމަސައްކަތަށް ބޭނުންވާނެ މީހުންގެ އަދަދު، މަސައްކަތް ހިންގާނެ ތަން، އަދި
މަސައްކަތް ކުރާ ގަޑިތައް ކަނޑައެޅުމަކީ ވިޔަފާރި ހިންގާނެގޮތުގެ ޕްލޭނުގެ
މައްޗަށް ބިނާވާނެ ކަންތައްތަކެވެ.
7
- 8. މިކަމަށް މަޢުލޫމާތު ހޯދާނީ ކިހިނެއް؟
ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރުކަޒު -
މިނިސްޓްރީ އޮފް ފިޝެރީޒް އެންޑް އެގްރިކަލްޗަރ -
ވިޔަފާރިއަށް ލަފާދޭ ފަރާތްތައް -
ވިޔަފާރިއާއި ބެހޭ ސަރުކާރުގެ ގަވާއިދުތައް -
އިންޓަނެޓް -
8
- 9. ހިމަނާނީ ކޮން މައުލޫމާތެއް؟
ވިއްކާ މުދާ/ޚިދުމަތުގެ ޙާލަތު ހުރިގޮތާއި މުދާ/ޚިދުމަތް -
ފުރިހަމަކުރުމަށް ރާވާފައިވާ ކަންތައް
މުދާ އުފައްދާގޮތް ނުވަތަ ޚިދުމަތް ފޯރުކޮއްދޭގޮތް -
ވިޔަފާރިއަށް ބޭނުންވާ ތަނާއި ހަރުމުދަލުގެ )އެސެޓް( ގަތުމުގެ ޚަރަދު -
މުވައްޒަފުންނާއި އެހެނިހެން މަސައްކަތްތަކަށް ދާނެ ޚަރަދު -
9
- 10. ހިމަނާނީ ކޮން މައުލޫމާތެއް؟
ވިޔަފާރި ހިންގުމުގެ ޚަރަދު -
ވިއްކާނެ މުދާ ގަތުމަށް ދާނެ ޚަރަދު ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް -
ބޭނުންވާ ތަކެތި ގަތުމަށް ދާނެޚަރަދު
ވިޔަފާރިއަށް ލިބުނު/ލިބޭނެ ފައިސާ އާއި ޚަރަދުވި/ވާނެ ފައިސާ. -
01